ތަޢާރަފް:
ޢުމަރު
ނަޞީރު
ދުނިޔޭގެ
އަލިކަން
ދެކެވަޑައިގަތީ
27 އެޕްރީލް 1967
ވަނައަހަރުގައި
މާލޭގައެވެ. އަލްމަރްހޫމް
ބޮޑިބަތް
ދޮންކަލޭފާނާއި
އަލްފާޞިލާ
ހުސްނާ
އާދަމް އަށް
ލިބިވަޑައިގެންނެވި
3 ކުދިންގެ
ތެރެއިން
އެންމެ ހަގު ދަރިފުޅަކީ
ޢުމަރު ނަޞީރު
އެވެ.
އަލްމަރްޙޫމް ބޮޑިބަތް ދޮންކަލޭފަނަކީ ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގައި އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއަމީރު މުހައްމަދު އަމީން ގެ އަރިހުގައި ޚިދުމަތް ކުރައްވާފައިވެއެވެ.
ތަޢުލީމާއި ތަމްރީން:
ޢުމަރު ނަޞީރު ތަޢުލީމް ހާސިލް ކުރެއްވީ އާލިޔާ ސްކޫލް އިންނާއި އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް އިންނާއި ސްރީލަންކާގެ ރޯޔަލް އިންސްޓިޓިއުޓް އިންނެވެ. އަދި މިލިޓަރީ ތަމްރީން ހޯއްދެވީ ގިރިފުށީ ޓްރޭނިންގް ކޭމްޕް ގައި އިގިރޭސި ސިފައިންގެ އެހީގައެވެ. އަދި ފުލުހުންގެ ތަމްރީން ހޯއްދެވީ ޖަޕާނުންނާއި އިގިރޭސި ވިލާތުގެ ވެސްޓް ޔޯކްޝަޔަރ ޕޮލިސް ޓްރޭނިންގް ސެންޓަރު ގައެވެ.
ވަޒީފާ:
ތަޢުލީމީ
ދައުރު
ނިންމެވުމަށްފަހު
ޤާނޫނުގައިވާ
ގޮތުގެ
މަތިން
ސަރުކާރުގެ
ޚިދުމަތަށް
ނެރުއްވެވިއެވެ.
ޚިދުމަތަށް
ނުކުތުމަށް
ސަރުކާރުން ހަމަޖެއްސެވީ
ސިފައިންގެ
މީހެއްގެ
ގޮތުގައެވެ.
ތަމްރީން
ނުހައްދަވާ
ސިފައިންގެ
އާދައިގެ
މީހެއްގެ
ގޮތުގައި
ހުންނަވަނިކޮށް
1988 ވަނަ
އަހަރުގެ
ނޮވެމްބަރު
މަހުގެ 3 ވަނަ
ދުވަހު
ދިވެހިންގެ
މަދުބަޔަކާ
ގުޅިގެން
ސްރީލަންކާގެ
ބާޢީންގެ
ބަޔަކު
ދިވެހިރާއްޖެ
އަށް ދިން
ހަމަލާގައި
ކުރެއްވި
ޚިދުމަތުގެ
އަގު ވަޒަން
ކުރައްވާ
ނޮވެމްބަރު 3
ގެ މެޑެލް ޢުމަރު
ނަޞީރު
އަށްލިބިލެއްވިއެވެ.
މިލިޓަރީ ތަމްރީން ތަކުގައި ވަރަށް މަތީ ވަނަ ހާސިލް ކުރެއްވިއެވެ. މީގެ ތެރޭގައި އިގިރޭސި ސިފައިން ރާއްޖޭގެ ސިފައިންނަށް ހިންގި ފުރަތަމަ ތަމްރީން ކޯހުގައި ސިފައިންގެ އެންމެ ދުޅަހެޔޮ މީހަކަށް ސިފައިންގެ ވެރިޔާާ ދެއްވާ އިނާމް ހާސިލް ކުރެއްވިއެވެ. ތަފާތު ތިން މިލިޓަރީ ތަމްރީން ކޯސް ފުރިހަމަ ކުރެއްވެވިއެވެ.
ފުލުހުންގެ މަސައްކަތުގައި އުޅުއްވިއިރު ކުށްކުރާ މީހުންގެ ކިބައިން އާންމު ރައްޔިތުން ސަލާމަތް ކުރެއްވުމުގެ މަސައްކަތުގައި ޖެހިލުންކުޑަ ސާބިތުކަމެއް ދައްކަވާފައިވެއެވެ. އަމަލުވާ އެއްޗެތި ވިއްކާ މީހުން ހުއްޓުވާ ވައްކަން ކުރާ މީހުން ހައްޔަރު ކުރައްވާ ޤާނޫނުގެ ކުރިމައްޗަށް ގެންނެވިއެވެ. އަމަލުވާ އެއްޗެތި ވިއްކި މީހަކު ހައްޔަރު ކުރަން ކުރެއްވި މަސައްކަތުގެ ތެރޭ ޢުމަރު ނަޞީީރުގެ ޒަޚަމްވެވަޑައިގެންފައި ވެއެވެ. ނަމަވެސް އެމީހާވެސް އަމަލުވަ އެއްޗެއްސާ އެކު ހައްޔަރު ކުރައްވާ ޤާނޫނުގެ ކުރިމައްޗަށް ގެންނެވިއެވެ. ޢުމަރު ނަޞީރުގެ ޑިއުޓީގައި ރައްޔިތުންނަށް ރައްކާތެރިކަން ލިބި ކުށްކުރާ މީހުންނަށް ޤާނޫނީ އަދަބު ލިބި މަގުތަކުގައި އަމާން ކަން ޤާއިމް ކުރައްވައެވެ.
ކުޅިވަރު:
ރާއްޖޭގައި
އުފެދުނު
އެންމެ މޮޅު
ބާސްކެޓްބޯޅަ
ކުޅުންތެރިންގެ
ތެރޭގައި ޢުމަރު
ނަޞީރު
ހިމެނިލައްވައެވެ.
ދިވެހިރާއްޖޭގެ
ޤައުމީ
ބާސްކެޓްބޯޅަ
ޓީމް ގެ
ކެޕްޓަންކަން
ކުރައްވާ
ފައިވާ ޢުމަރު
ނަޞީރު ވަނީ
ބާސްކެޓް
ބޯޅައިގެ
މުބާރާތްތަކުގައި
ތަފާތު
ވަނަތަށް
ހާސިލް ކުރައްވާފައެވެ.
1987 އިން 1997 އާއި
ދޭތެރޭ
ބޭއްވުނު
ހުރިހާ
ބާސްކެޓްބޯޅަ
މުބާރާތެއްގައިހެން
މަތީވަނަ
ހާސިލް ކުރައްވާފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލް ދުވަހަކުވެސް ނުކުރައްވައެވެ. ބާސްކެޓް ބޯޅަ ކުޅެއްވުމުގަޔާއި ކަސްރަތު ކުރެއްވުމުގައި މިހާރުވެސް ކޮންމެ ދުވަހަކު ވަގުތު ހޭދަކުރައްވަ އެވެ. މިހެންކަމުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެ ދުޅަހެޔޮ އަމިއްލަ ނަފްސަށް އެންމެ އިތުބާރު ބޮޑު ލީޑަރަކީ ޢުމަރު ނަޞީރު ކަމުގައި ވާނެއެވެ.
ވިޔަފާރި:
ކޮންމެ
މަސައްކަތެއް
ކުރެއްވިޔަސް
އެ
މަސައްކަތެއް
ޢުމަރު
ނަޞީރު ކުރައްވަނީ
ވަރަށް
ރަގަޅަށެވެ. ސިފައިންގެ
ތެރެއިން
އަމިއްލަ
އަށް ވަކިވެ
ވަޑައިގެން 90،000
ރުފިޔާއިން ފެއްޓެވި
ވިޔާފާރި 10
އަހަރު
ދުވަހުގެ
ތެރޭ 50
މިލިއަން
ރުފިޔާއަށްވުރެ
ބޮޑު
ވިޔަފާރިއަކަށް
ބަދަލު
ކުރެއްވެވި
އެވެ. ތަފާތު
އުދަގޫ
މަރުހަލާތަށް
ސާބިތު ކަމާ
ވިސްނުންތެރިކަމާ
އެކު ގިރާ
ކުރެއް
ވެވިއެވެ.
އެލާރމްސް
ޕްރައިވެޓް
ލިމިޓެޑް
އުފައްދަވާ
ދިވެހިރާއްޖެ
އަށް މުޅިން
އަލަށް ސިކިއުރިޓީ
އާއި ފަޔަރ
ސޭފްޓީ ގެ
ޕްރައިވެޓް
ޚިދުމަތް ތަޢާރަފް
ކުރެއްވިއެވެ.
މުޅި ރާއްޖެ ސިއްސުވާލެއްވުމަށްފަހު
ދުނިޔޭގައިވާ
ފަތުރުވެރިން
އުފުލާ
ސަބްމެރީން
ތަކުގެ
ތެރެއިން އެންމެ
ގިނަމީހުން
އެންމެ
ފުނަށް
ގެންދެވޭ
ސަބްމެރީން ރާއްޖެެ
ގެންނަވާ
ކާމިޔާބު
ކަމާއެކު
ހިންގަވަމުން
ގެންދަވައެވެ.
މަދު ފައިސާ ކޮޅަކުން ފެއްޓެވި ވިޔަފާރި އެތައް ހުރަސްތަކެއްގިރާ ކުރެއްވުމަށްފަހު 10 އަހަރު ދުވަހުގެ ތެރޭ އެތަށް މިލިއަން ރުފިޔާ އެއްގެ ވިޔަފާރިއަކަށް ބަދަލު ކުރައްވާފައިވާތީ ޢުމަރު ނަޞީރު ގެ ޤާބިލްކަމާ ވިސްނުންތޫނު ކަމާ ހިންގުންތެރިކަމާ ދޭތެރޭ ސުވާލެއް ނެތެވެ.

އާއިލާ:
ޢުމަރު ނަޞީރު ކުރައްވާފައިވަނީ އެންމެ ކައިވެންޏެކެވެ. ޢުމަރު ނަޞީރު ގެ ހަޔާތުގެ ބައިވެރިޔާ އާއިއެކު އުފާވެރި ދިރިއުޅުމެއް ވޭތި ކުރައްވަމުން ގެންދަވައެވެ. ލިބިވަޑައިގެންފައިވަނީ ދެ އަންހެން ބޭފުޅުންނެވެ.
Designed and Developed by Sarey